އަމިއްލަ ދަރިފުޅަށް ޖިސްމާނީ އަނިޔާކޮށް، ދޮން ދަރިއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ސ.ހިތަދޫ ޅަރީތިގޭ މުހައްމަދު ޝާހް ހަސަން 37، ގެ މައްޗަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ޝާހުގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ އޭނާގެ އަމިއްލަ ދަރިއަކާއި ދޮންދަރިއަކަށް އެކިފަހަރުމަތިން އަނިޔާކޮށް ދޮންދަރި ކުއްޖާ އަށް އެކިދުވަސް މަތިން ޖިންސީ ގޯނާކޮށްފައިވާ ކަން ތަހުގީގުން އެނގެން އޮންނާތީ ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އަށް ފޮނުވާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.