07 Nov 2010, 11:39
ސަރުކާރު ހިންގާ އެމްޑީޕީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ޝޭޚު އާދަމް ނަސީމް (ބީއޭ ނަސީމް) އެ ޕާޓީން ވަކިވެ ވަޑައިގެންފި އެވެ.
އެކަން ސަން އެފްއެމް އޮންލައިނަށް ކަށަވަރުކޮށްދެއްވަމުން ނަސީމް ވިދާޅުވީ އެމްޑީޕީން ވަކިވުމަށް އެދި މިއަދު ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.
"އަޅުގަނޑު ބޭނުންމެއްނުވޭ ދެން އިތުރަށް މި ވާހަކަ ދައްކާކަށް. މިއަދު ވާނީ އަޅުގަނޑު ވަކިވާން ސިޓީ ފޮނުވާފައި" ނަސީމް ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ އެމްޑީޕީއާ ވަކިވުމަށްފަހު އިތުރު ޕަޓީއަކާ ގުޅުމުގެ ޚިޔާލެއް އަދި ނުގެންގުޅުއްވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބީއޭ ނަސީމް އެމްޑީޕީއާ ވަކިވެވަޑައިގަތީ އިސްލާމީ ތަޢުލީމާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތާމެދު ހިތްހަމަޖެހިވަޑައިނުގެންނެވުމުގެ ސަބަބުންނެވެ.