13 Jul 2013, 11:57
މާފަންނު ފަރީދީމަގާއި އޯކިޑްމަގު ގުޅުނު ސަރަހައްދުގައި ހުންނަ ގަޑިބުރު ކައިރީ ހުރި ދެ ޖަންގްޝަން ވަޅުގަނޑެއް ފުރިގެން އެ ދެ ވަޅުގަނޑުން ނަޖިސް ފެން ބޭރުވަމުން އެބަދެ އެވެ.
ސަންގެ ނޫސްވެރިން މިއަދު އެ ސަރައްހަށް ދިޔަ އިރު އެ ދެ ޖަންގްޝަން ވަޅުގަނޑުން ބޭރުވާ ނަޖިސް ފެނުގެ ސަބަބުން އެ ސަރައްދުގައި ވަނީ ނަޖިހުގެ ވަސް ވަރަށް ބޮޑަށް ހިފައިފަ އެވެ. އަދި އެ ދެ ވަޅުގަނޑުން ބޭރުވާ ނަޖިސް ފެން މުޅި ސަރަހައްދަށް ފެތުރި އާންމުނަށް ދަނީ އުނދަގޫތަކާ ކުރިމަތިވަމުންނެވެ.
ނަޖިސް ފެންގަނޑު އެ ސަރައްދުގައި ބޮޑުވަމުންދާ އިރު އެކަމަށް ހައްލެއް ގެނައުމަށް އެ ސަރައްދުގައި އެއްވެސް ފަރާތަކުން މަސައްކަތެއް ނުކުރެ އެވެ. ރަސްމީ ބަންދު ދުވަހެއް ކަމުން އެ މައްސަލައިގައި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފަ އެވެ.