13 Jul 2013, 10:41
ޕެރިސް ޖުލައި 13 – ފްރާންސްގައި ރޭލް އެކްސިޑެންޓެއްވެ، ހަ މީހަކު މަރުވެ 30 މީހަކު ޒަހަމުވެއްޖެ އެވެ. އަދި އެ މީހުންގެ ތެރެއިން އަށް މީހަކަށް ސީރިއަސް ޒަހަމުތަކެއް ވެފައިވާ ކަމަށް ވެސް އޭއެފްޕީ އިން ބުންޏެވެ.
ނިއުސްއޭޖެންސީ، އޭއެފްޕީ އިން ބުނީ އިއްޔެ ހަވީރު ރޭލް ސްޓޭޝަންގެ ޕްލަޓްފޯމްގައި ގޮސް ޖެހި ހިނގި އެކްސިޑެންޓަކީ ވޭތުވެ ދިޔަ 25 އަހަރުގެ ތެރޭގައި ހިނގި އެފަދަ އެންމެ ނުރައްކާތެރި އެކްސިޑެންޓް ކަމަށެވެ.
މީހުން ސަލާމަތް ކުރާ ޓީމުން އަދި ވެސް މަސައްކަތް ކުރަމުން ދަނީ އިތުރު މީހަކު ފެނޭތޯ އެވެ. މަންޒަރުދުށް މީހުންނާ ހަވާލާދީ އޭއެފްޕީ އިން ބުނީ އެކްސިޑެންޓް ހިނގި ސަރަހައްދު، ހަނގުރާމައިގެ ޒޯނަކާ ތަފާތެއް ނެތް ކަމަށެވެ.
އެ އެކްސިޑެންޓްގައި ރޭލްގެ ހަތަރުބައިގެ ތެރެއިން ތިން ބައި ވަނީ ފުރޮޅިފަ އެވެ. ފްރާންސްގެ ޓްރާންސްޕޯޓް އޮތޯރިޓީއާ ހަވާލާދީ އޭއެފްޕީން ބުނީ ރޭލް އެކްސިޑެންޓްވި އިރު ދުއްވާފައި ވަނީ 137 ކިލޯ މީޓަރުގެ ބާރުމިނުގައި ކަމަށެވެ.