12 Jul 2013, 20:43
މިއަދު ހަވީރު މާލޭގައި ހިނގި މާރާމާރީއެއްގައި ދެ މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހަވީރު 6:00 އެހައިކަންހާއިރު ހިނގި އެ ހާދިސާގައި އަނިޔާލިބިފައި ވަނީ 18 އަހަރުގެ ދެ ޒުވާނުންނަށް ކަމަށެވެ.
އެ ދެ މީހުންގެ ތެރެއިން އެކެއްގެ ބޮލަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާއިރު އަނެއް މީހާއަށް ގާ ގަނޑަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ ދެ މީހުންނަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.