12 Jul 2013, 19:34
ނ. ކުޑަފަރީގައި އެއް އަހަރާއި ފަސް މަހުގެ ކުއްޖަކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކުޑަފަރީ ކައުންސިލް މެންބަރު ހަސަން މުހައްމަދު ވިދާޅުވީ އެއް އަހަރާއި ފަސް މަހުގެ މުހައްމަދު ޒަލަފް ގެބިގެން މަރުވެފައި ވަނީ މިއަދު ހަވީރު 4:00 އެހައިކަން ހާއިރު ކަމަށެވެ.
އެ ކުއްޖާ އަކީ އެ ރަށު މާއޮޅު ފަތުހުﷲ އާދަމް އާއި ނަޝްވާ އާ ދެ މަފިރިއެއްގެ ތިން ވަނަ ދަރިފުޅު ކަމަށާއި މޫދުގައި އޮއްވައި އޭނާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށް ވެސް ހަސަން މުހައްމަދު ވިދާޅުވި އެވެ.
އެރަށު އުތުރު ފަރާތުގެ މޫދަށް ވެއްޓިފައި އޮތް އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު އޮތީ މަރުވެފައިކަމަށް ޑޮކްޓަރާ ހަވާލާދީ ކައުންސިލް މެންބަރު ހަސަން މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުއްޖާގެ ގެ ހުންނަނީ އެރަށު އުތުރުފަރާތު މޫދު ކައިރީގައި ކަމަށެވެ.