12 Jul 2013, 13:25
ދިރުވާލައިގެން މަސްތުވާތަކެތި ބުލެޓްތަކެއް އެތެރެކުރަން އުޅުމުގެ ތެރޭގައި ބަނޑު ތެރެއަށް މަސްތުވާތަކެތި ބޭރުވުމުގެ ސަބަބުން ހާލު ގޯސްވި މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ސްރީލަންކާ އިން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ދިވެހި މީހާ ހައްޔަރުކޮށްފައިވާ ކަން ކަށަވަރުކޮށްދޭ ކަމަށެވެ. ނަމަވެސް އެމީހާގެ އިތުރު ތަފްސީލް ހާމަކުރަން ފުލުހުން ވަނީ ދެކޮޅު ހަދާފަ އެވެ.
"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ އަހުމަދު އިހުސާން އެވެ.
އިހުސާންގެ މައްސަލަ ފަޅާ އަރާފައި ވަނީ މިދިޔަ މޭ މަހުގެ ތެރޭގައި ދިރުވާލައިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމަށް ފަހު ބުލެޓެއް ފަޅައިގެންދިއުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވެ ފުރަގަސް ފަރާތުން ލޭ އަންނަން ފެށުމުން ޑޮކްޓަރަށް ދެއްކުމުން ނެވެ.
އެކަމާ ގުޅިގެން އޭނާ އައިޖީއެމްއެޗްގެ އިތުރުން ލަންކާ އިން ވެސް ވަނީ ފަރުވާ ހޯދާފަ އެވެ. އިހުސާންގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އައިޖީއެމްއެޗުން ނެވެ.