މާލޭ ގެއެއްގައި ޒުވާނަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:30 އެހާކަންހާއިރު މާފަންނު ކޮޅުގައި ހުންނަ ގެއެއްގައި ޒުވާނަކު ދަންޖެހިގެން ރިޕޯޓް ކުރުމުން ފުލުހުން އެ ސަރަހައްދަށް ގޮސް އޭނާގެ ހަށިގަނޑު ބަލައި، ފޮރެންސިކް ތަހުލީލު ކުރަމުންދާ ކަމަށެވެ. ދަންޖެހުނު ޒުވާނާއަކީ އުމުރުން 29 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ ހާދިސާއާ ބެހޭ ތަފްސީލެއް ފުލުހުން ނުދެ އެވެ.