07 Nov 2010, 08:54
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު މެންދުރު ފަށްޓަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ އެ އަތޮޅަށް މި ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އެ ރަށްރަށާއި އެ އަތޮޅުގައި ސަރުކާރުން ހިންގަމުން އަންނަ އަދި ހިންގުމަށް ހަމަޖައްސަވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.