ހޮންކޮންގް އެއާލައިންގެ ދަތުރުތައް އަލުން ރާއްޖެ އަށް ފަށައިފި އެވެ.

އެއް އަހަރަށް ފަހު ހޮންކޮންގް އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފެށުމުގެ ގޮތުން ރާއްޖެއައި ފުރަތަމަ ފްލައިޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައި ވަނީ އިއްޔެ 7:30 ގައެވެ.

މީގެ ކުރިން ޗާޓާ ފުލައިޓް ދަތުރުތަކެއް ކުރި ހޮންކޮންގް އެއާލައިންގެ ދަތުރުތައް މިފަހަރު ފަށާފައި ވަނީ ކޮންމެ ހަފްތާއަކު ވެސް ރާއްޖެ އިން ހޮންކޮންގް އަށް ހަތަރު ދަތުރުކުރާ ގޮތަށެވެ. އަދި އެ ދަތުރުތަކުގައި ބޭނުންކުރުމަށް ނިންމާފައި ވަނީ 330-300 A ގެ މަތިންދާ ބޯޓެކެވެ. އެބޯޓަކީ 32 ބިޒުނަސް ސީޓާއި 260 އިކޮނޮމީ ސީޓް ހިމެނޭ ބޯޓެކެވެ.

ހޮންކޮންގް އެއާލައިންގެ ދަތުރުތައް ފެށުމާ ގުޅިގެން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ އެއާލައިނާ އެކު ދުރުއިރުމަތީގެ އޭޝިއާގެ ގިނަ އެއާލައިންތައް ރާއްޖެ އަށް ދަތުރުތައް ފަށާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.