އިސްރާއިލުގެ ހެލިކޮޕްޓަރުތަކުން ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.


އިސްރާއީލުގެ ހެލިކޮޕްޓަރުތަކުން ފަލަސްތީނުގެ ގާޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި އެވެ.


މި ހަމަލާތަކުގައި ގާޒާއަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލް އެއްވެސް ފަރާތަކުން ހާމަކޮށްފައެއްނުވެ އެވެ. އިސްރާއިލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ މި ހަމަލާތަކަކީ ގާޒާގައި ހަރަކާތްތެރިވާ މުޖާހިދުން ދެކުނު އިސްރާއިލަށް ދިން ރޮކެޓް ހަމަލާތަކުގެ ބަދަލު ހިފުމެއް ކަމަށެވެ. މުޖާހިދުން ދިން ހަމަލާތަކުގައި އުތުރު އިސްރާއީލުގައި މަސައްކަތް ކުރާ ތައިލެންޑު މީހަކު ވަނީ މަރުވެފަ އެވެ.