10 Jul 2013, 22:50
ވެޓަރެންސް ކަޕް ފުޓް ބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މާޒިޔާ 2-0 ލަނޑުން ބަލިކޮށް މުބާރާތުގެ ފެށުން އޭވައިއެލް އިން ރަނގަޅުކޮށްފި އެވެ.
ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އޭވައިއެލްއިން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ވިލްދާން އެވެ.
މުބާރާތުގައި މާދަމާ ހާވީރު ބައްދަލުކުރާނީ ނިއުރޭޑިއަންޓާއި ސިފައިންނެވެ.
ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތަކީ 35 މަތީގެ ކުރީގެ ކުޅުންތެރިންނަށް އަމާޒްކޮށްގެން ބާއްވާ މުބާރާތެކެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި އެންމެ ފަހު ތިން އަހަރުގެ ޗެމްޕިއަން ވެލެންސިއާ އާއި ރަނަރަޕް ވިކްޓަރީ ބައިވެރިވެރިއެއް ނުވެ އެވެ.
މިފަހަރުގެ ވެޓެރެންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެފައި ވަނީ ޖުމްލަ ހަ ޓީމެކެވެ. އެޓީމް ތަކަކީ ނިއު ރޭޑިއަންޓާއި އޭވައިއެލް އަދި އީގަލްސް އާއި މާޒިޔާގެ އިތުރުން ބީޖީ އާއި ސިފައިންނެވެ.
މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީ ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ރޯދަ މަހުގެ 29 ވަނަ ދުވަހު އެވެ.