10 Jul 2013, 22:47
ކުރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް އޯޕަން ޓޭޕް ބޯލް ކުރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗްތައް މާލޭސް މެލޯގެ ޓީމުންނާއި ހޮބީސްޓުގެ ޓީމުން ކާމިޔާބުކޮށްފި އެވެ.
ކުޅިވަރު އެކުވެނީ އެއް ނަންބަރު ދަނޑުގައި މިއަދު ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗް ބްރޫޗް އާއި ބައްދަލުކޮށް މާލޭސްމެލޯގެ ޓީމުން ކާމިޔާބު ކުރީ 62 ލަނޑުންނެވެ.
މިއަދުގެ މެޗުގައި މާލޭސް މެލޯގެ ޓީމުން ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި 125 ލަނޑުހެދި އެވެ. ޖަވާބުގައި ބްރޫޗް ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ހެދުނީ 64 ލަނޑެވެ. މިމެޗްގެ އެންމެ ރަނގަޅަށް އުކީ އެއް ވިކެޓްނެގި މާލޭސްމެލޯގެ ޓީމުގެ އަހުމަދު އަމީލް އެވެ. އެންމެ ރަނގަޅަށް ކުޅުނީ ވެސް އަހުމަދު އަމީލް އެވެ.
މިއަދުގެ ދެ ވަނަ މެޗުގައި ޓޮސްދިމާވުމުން އާވާޒް ގަސްތުކުރީ ކުޅުމަށެވެ. އާވާޒް ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި 99 ލަނޑުހެދި އެވެ. ޖަވާބުގައި ހޮބީސްޓު ކުޅެންއަރާ ތިން ކުލުންތެރިން ނުބައިވެގެން އަށް އޯވަރުގެ ތެރޭގައި 100 ލަނޑުހެދި އެވެ. މެޗްގައި އެންމެ ރަނގަޅަށް އުކީ ދެ ވިކެޓްނެގި މުހައްމަދު ސައީދު އެވެ. އަދި އެންމެ ރަނގަޅު ކުޅުންތެރިއަކަށް 36 ލަނޑުހެދި މަހުމޫދު ރިޔާޒު އެވެ.
މުބާރާތުގައި މާދަމާ ވެސް ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ލެޒާކާގޯއާއި ނެލިވަރު ކްރިކެޓާސް އެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެޓީމަކީ އެމްއީކިޔޫ އިންޖިނޭރިން އާއި މިލާނޯ އެވެ. މުބާރާތުގެ ކުޅުން ފަށާނީ ހަވީރު 4:15 ގަ އެވެ.