ވިލިމާލޭގައި 168 ޔުނިޓް ހައުސިން ހައުސިން އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ތިން ރަށެއްގެ ފަޅު ފުންކުރުން ބަޔަކާ ހަވާލު ކުރުމަށް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވިލިނގިލީގެ ހަތް ބިމެއްގައި ފްލެޓްތައް އިމާރާތް ކުރާނެ ބަޔަކު ހޯދުމަށް މިހާރު ގެޒެޓް ކޮށްފައިވާ ކަމަށާއި އެ ފުރުސަތު އޮގަސްޓު މަހުގެ ފުރަތަމަ ހަފްތާއާ ހަމައަށް އޮންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފްލެޓްތައް އެޅުމުގެ ފުރުސަތު ދޭނީ ދިވެހި ކުންފުނިތަކަށް އެކަނި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ފްލެޓްތައް އެޅުމަށް މިހާރު ވެސް ދެ ބިމެއް ކަނޑައަޅާފައިވާ ކަމަށާއި ފްލެޓްތައް އަޅާނީ 5،000 އަކަފޫޓާއި 6،000 އަކަފޫޓުގެ ބިމުގައި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ފްލެޓް އެޅުމަށް މިހާރު ހާއްސަކޮށްފައި ވަނީ އެ ރަށު ފެރީ ޓާމިނަލް ސަރަހައްދާއި ސިއްހީ މަރުކަޒާ ދޭތެރޭގައި އޮންނަ ބިމުގަ އާއި މިހާރު ހުރި ފްލެޓްތައް އަޅާފައި ހުރި ސަރަހައްދާ ޖެހިގެން ދެކުނަށް އޮތް ބިމުގައި ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ފްލެޓް އެޅުމުގެ ފުރުސަތަށް ހުޅުވާލީ ފްލެޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ހަދާ އިމާރާތްތަކުގެ 70 ޕަސެންޓް އެ ކުންފުނިތަކުން ބޭނުން ބަޔަކަށް ވިއްކޭނެ ގޮތަށް ކަމަށާއި އަނެއް 30 ޕަސެންޓް ދޫކުރަން ޖެހޭނީ ސަރުކާރަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ހަ ބުރީގެ ކޮންމެ އިމާރާތެއްގައި 24 ފްލެޓް ހުންނާނެ ކަމަށެވެ. އަދި އެ މަސައްކަތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.