10 Jul 2013, 15:25
އިމާމުވެ ތަރާވީސް ނަމާދު ކުރުމަށް ކަމަށް ބުނެ ރާއްޖެ އައި ހަތަރު ބިދޭސީއަކު ހުއްދަ ނެތުމުން އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް އިބްރާހީމު އަޝްރަފު މިއަދު "ސަން" އަށް ވިދާޅުވީ ހިފެހެއްޓި ހަތަރު ބިދޭސީންނަކީ ވެސް ލަންކާ ހަތަރު މީހުން ކަމަށާއި އެމީހުން ހިފެހެއްޓީ ޓޫރިސްޓް ވިސާގައި ރާއްޖެއައި އިރު އިމާމުވެ ތަރާވީސް ނަމާދުކުރުމަށް ބޭނުންވާ ހުއްދަ ނެތުމުގެ ސަބަބުން ކަމަށެވެ.
"އެފަދަ ކަމަކަށް ރާއްޖެ އަންނަ އިރު އެބަ އޮންނަން ޖެހޭ އިސްލާމިކް މިނިސްޓްރީ އިން ދޭ، ދޫކުރާ ހުއްދައެއް، ދެން އެމީހުންގެ އަތުގައި ހުއްދަ ނެތުމުން ހިފެހެއްޓީ،" އަޝްރަފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ހަތަރު މީހުންގެ ތެރެއިން ދެ މީހަކަށް ހުއްދަ ލިބުމުގެ ސަބަބުން އެދެ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އަނެއް ދެ މީހުންނަށް ހުއްދަ ނުލިބޭތީ އަދި ވެސް ދޫނުކުރާ ކަމަށެވެ.