މަރުކަޒީ ބޭންކް އެމްއެމްއޭގެ "ޓޯޓަލް ފޮރިން ކަރަންސީ ފައިނޭންޝަލް އެސެޓް" މަސް ދުވަހުގެ ތެރޭގައި 34 މިލިއަން ރުފިޔާ ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން އާންމުކޮށްފައިވާ އެ ބޭންކްގެ މިދިޔަ ޖޫން މަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުން "ޓޯޓަލް ފޮރިން ކަރަންސީ ފައިނޭންޝިއަލް އެސެޓްސް" މަސް ދުވަހުގެ ތެރޭގައި 34 މިލިއަން ރުފިޔާ ދަށަށް ގޮސްފައިވާ އިރު "ލޯކަލް ކަރަންސީ ފައިނޭންޝަލް އެސެޓް" ވަނީ 73 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެހެންކަމުން މިދިޔަ މަސް ދުވަހުގެ ތެރޭގައި އެ ބޭންކުގެ "ޓޯޓަލް ފައިނޭންޝަލް އެސެޓް" ވަނީ 11.4 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.

އެމްއެމްއޭގެ މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު އެ ބޭންކުގެ "ޓޯޓަލް ފައިނޭންޝަން ލައިބިލިޓީ" ވަނީ މަސް ދުވަހުގެ ތެރޭގައި 70 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި އެ ބޭންކްގެ ޓޯޓަލް ލައިބިލިޓީ ވަނީ 65 މިލިއަން ރުފިޔާ އަށް އިތުރު އަރައިފަ އެވެ. އަދި މިހާރު އެމްއެމްއޭގެ ރިޒާވްގައި ހުރީ 666912797.72ރ. އެވެ.

އެމްއެމްއޭ އިން ހިމަނާފައި ހުރި ނޯޓުތަކުގައި ބުނެފައި ވަނީ ދައުލަތުގެ ރިޒާވު މަތިވުމާއި ދަށްވުން ބިނާވެފައި ވަނީ އެމްއެމްއޭގެ ރައުސްމާލުގައި ހިމެނޭ ރަނާއި ބޭރު ފައިސާއާ އަދި ރުފިޔާގެ އަގަށް އަންނަ ބަދަލުތަކުގެ މައްޗަށް ކަމަށެވެ.