ށ. ނަރުދޫއާއި ފޭދޫ އާއި އަދި ބިލެއްފަހީގެ ބަނދަރު ފުންކުރުމުގެ މަޝްރޫއު 6.5 މިލިއަން ރުފިޔާ އަށް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި ށ. އަތޮޅުގެ ތިން ރަށެއްގެ ފަޅު ފުންކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީ ހޯގާޑް ކުންފުންޏާ އެވެ.

އެމްޓީ ހޯގާޑާއި ހައުސިން މިނިސްޓްރީއާ ދެމެދު އެ މަޝްރޫއު ކުރިއަށް ގެންދިއުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު މިއަދު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއު ތިން މަސް ދުވަސް ތެރޭގައި ނިންމަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މަހުގެ ފަހުކޮޅު ފެށޭނެ ކަމަށެވެ. އަދި އެ ތިން ރަށުގެ ފަޅުފުންކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ މާލީ ހާލަތު ބަދަލުވެފައި ވާތީ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފިނޭންސް މިނިސްޓްރީ ހުއްދަދީފައިވާތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.