10 Jul 2013, 13:06
އިކޮނޮމިކް މިނިސްޓްރީން ހިންގާ "ބާޒާރު އެންމެ ހެޔޮ އަގު" ޕްރޮގްރާމްގައި ބައިވެރިވެފައިވާ ފިހާރަތަކުގެ އަގުތަކަށް ބަލާއިރު، ރަށުތެރޭ ފިހާރަތަކުގެ އަގުތައް ކުރިއާ ބަލާއިރު ގިނަ ބާވަތްތަކުގެ އަގުތައް ހުރީ އެއް ހަމައެއްގައި ހިފެހެއްޓިފަ އެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ފިހާރަތަކުގެ އަގުތަކަށް ބަލާއިރު އެސްޓީއޯ ސުޕަމާކެޓުން ބިހެއް 1.50ރ. އަށް ވިއްކާއިރު ފިޔާ ކިލޯއެއް އެ ތަނުން 10ރ. އަށް އަދި އަލުވި ކިލޯއެއް 8.50ރ. އަށް ލިބެން އެބަހުއްޓެވެ. އަދި ސޯސަން ޕްލާޒާއިން ޓޮމާޓޯ ކިލޯއެއް 30ރ. އަށް ވިއްކާއިރު އެ ފިހާރައިން ކެރެޓް ކިލޯއެއް ވިއްކަނީ 46ރ. އަށެވެ. އަދި އެ ފިހާރައިން ކެބެޖް ކިލޯއެއް 50ރ. އަށް ވިއްކާއިރު ޝޮޕް އެން ސޭވް ފިހާރައިން 100 ގުރާމްގެ ގިތެޔޮ މިރުސް ވިއްކަނީ 29ރ. އަށެވެ.
ޝޮޕް އެން ސޭވް އާއި އެސްޓީއޯއިން އާފަލެއް ފަސް ރުފިޔާއަށް ވިއްކާއިރު ސޯސަން ފްލާޒާއިން އޮރެންޖެއް ވިއްކަނީ 2.25ރ. އަށެވެ. އަދި ސޯސަން ޕްލާޒާއިން އަލަނާސި ދަޅެއް ވިއްކަނީ 18.65ރ. އަށެވެ. އަދި ޝޮޕް އެން ސޭވް އިން 500 ގުރާމުގެ ކަދުރު ވިއްކަނީ 25ރ. އަށެވެ.
މަހުގެ ބާވަތްތަކަށް ބަލާއިރު ތެޔޮ މަސްދަޅެއް އެސްޓީއޯއާއި ސޯސަން ޕުލާޒާއިން 19ރ. އަށް ވިއްކާއިރު އެ ދެ ފިހާރައިން ފެން މަސްދަޅެއް ވިއްކަނީ 18ރ. އަށެވެ. އަދި ސޯސަން ޕްލާޒާއިން ހިކި ކުނޑި މަސް ޕެކެޓެއް 15ރ. އަށް ވިއްކާއިރު އަގޯރާއިން ވަޅޯމަސް ޕަކެޓެއް ވިއްކަނީ 14.50ރ. އަށެވެ.
އިނޮކޮމިކް މިނިސްޓްރީން ކުރިއަށްގެންދާ "ބާޒާރު އެންމެ ހެޔޮ އަގު" ޕްރޮގުރާމްގައި ބައިވެރިވެފައި ވަނީ ފަސް ފިހާރައަކުންނެވެ.