ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ލީޑް ކުރައްވާ "ގައުމާއިގެން ކުރިއަށް" ކޯލިޝަންގެ ސްޕޯކްސްޕާސަން ކަން ޓްރާސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒަށް ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު، އަދި ޑީއާރުޕީގެ ނާއިބު ލީޑަރު ޑރ. އަހުމަދު މައުސޫމް މިއަދު ސަން އަށް ވިދާޅުވީ ޖުމްލަކޮށް ކޯލިޝަންގެ ސްޕޯކްސްޕާސަންގެ މަގާމު އަދާކުރައްވާނީ އަބްދުއްރަޝީދު ނާފިޒު ކަމަށާއި ނަމަވެސް ޒުވާނުންނާ ގުޅޭ ކަންކަމުގައި ސްޕޯކްސްޕާސަނެއްގެ މަގާމު އަދާކުރައްވާނީ ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މުހައްމަދު ޖައުޝަން ކަމަށެވެ.