10 Jul 2013, 11:02
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެ ކަނބަލުން މިއަދު އުމްރާ އަށް ފުރާވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު މިއަދު ސަން އަށް ވިދާޅުވީ ރައީސް އުމުރާ އަށް ކުރައްވާ ދަތުރުފުޅުގައި އުމުރާގެ އިތުރަށް އެ ގައުމުގެ ރަސްމީ ބައެއް ފަރާތްތަކާ ބައްދަލު ކުރައްވާނެ ކަމަށެވެ.
ރައީސް އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހު 15ގައި ކަމަށް މަސްއޫދު ވިދާޅުވި އެވެ.
ރައީސް ވަހީދު މިއަދު އުމްރާ އަށް ފުރާވަޑައިގަތް އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އުމްރާ އަކަށް ވަޑައިގަތުމަށް ވީސާ ހޯދުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ނަޝީދު އަދި ވެސް ހުންނެވީ ވީސާގެ ކަންކަން ހަމަނުޖެހޭތީ ސްރީލަންކާގަ އެވެ.