09 Jul 2013, 11:41
"މާލޭ ސިޓީ ރަމަޒާން ފުރެޝް މާކެޓް 2013"ގެ ނަމުގައި ރޯދަމަހަށް ހާއްސަކޮށްގެން ކާބޯތަކެތި ވިއްކަން މާކެޓެއް ހުޅުވައިފިއެވެ.
އެ މާކެޓް ހުޅުވާފައި ވަނީ 24 ސުޓޯލްއާ އެކު އަލިމަސް ކާނިވަލާއި އާޓިފިޝަލް ބީޗުގައި ބައިބަލާ ކުޅޭ ފަސްގަނޑާ ދެމެދުގައި އޮންނަ ޕާކިން ޒޯންގައެވެ.
އެ މާކެޓް އިންތިޒާމް ކުރާ ގޯ މީޑިއާގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އާމިރު މިއަދު "ސަން" އަށް ވިދާޅުވީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން އީދު ބަންދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެމާކެޓް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 1:00 އަށް ހުޅުވާފައި ހުންނާނެ ކަމަށެވެ.
"މިމާކެޓްގައި ރާއްޖެ އަށް އެތެރެކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކާއި މަހުގެ ބާވަތްތަކާއި އަދި ރާއްޖޭގައި އުފައްދާ ވަރަށް ގިނަ ބާވަތްތައް އެއްތަނަކުން ލިބިގެންދާނެ،" އާމިރު ވިދާޅުވި އެވެ.