މާދަމާ އަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމުގައި ހަމަޖައްސަވައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކަން އިއުލާން ކޮށްފި އެވެ.

މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަން އިއުލާން ކޮށްފައި ވަނީ ހަނދު ސާބިތުކުރުމާ ބެހޭ ގޮތުން މިރޭ ބޭއްވި ބައްދަލުވުމަށް ފަހު އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގަ އެވެ.

އިސްލާމީ މަރުކަޒުގައި އޮތް ޚާއްސަ ހަފްލާއެއްގައި މި ބަޔާން އިއްވަވައި ދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޚު މުހައްމަދު ދީދީ އެވެ.

ބަޔާން އިއްވަވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ސާބިތުވުމާ ގުޅިގެން މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށެވެ.