06 Nov 2010, 09:43
ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން " ވިދުވަރު އެކަތަ"ގެ ނަމުގައި ސިފައިންގެ ހާއްސަ ހަރަކާތްތަކެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ މި އަހަރުގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ސިފައިންގެ ފަރާތުން "ވިދުވަރު އެކަތަ"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ފަޔާ ޕަވާ ޑިމޮންސްރޭޝަނެއް ފެނިގެންދާނެ ކަމަށެވެ. އެގޮތުން ޓޭންކާއި މެސިން ގަން ފަދަ ބަރު ހަތިޔާރުގެ ފަޔަރިން ފެނިގެންދާނެ ކަމަށާއި އަދި އެ ހަރަކާތްތައް ކުރިއަށްދާ އިރު މުޅި ސަރަހައްދު ވެސް އޮންނާނީ މިލިޓަރީ ގްރައުންޑެއްގެ ގޮތަށް ބަދަލުކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ މިހާތަނަށް ސިފައިންގެ ހަރަކާތެއްގައި އަސްލު ވަޒަން ބޭނުންކޮށްގެން ކުރިއަށް ގެންދާ މިފަދަ ފުރަތަމަ ޕްރޮގްރާމް. ހަރަކާތްތައް ކުރިއަށް ގެންދާ އިރު މޫދުގައި ވެސް ބައެއް ހަރަކާތްތައް ކުރިއަށްދާނެ،"
މިހަރާކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ލޮނުޒިޔާރަތްކޮޅުގެ ބޮޑު ސަރަހައްދެއްގައި ކަމުން މި މަހުގެ 8 ން 10 އަށް ހަވީރު ހަތަރަކުން ހަޔަކަށް އެ ހިސާބުގެ ބޮޑު ސަރަހައްދެއް ބަންދުކޮށްގެން އެކަމުގެ ރިހާސަލްތައް ބާއްވަމުން ގެންދާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.