08 Jul 2013, 12:23
ކުރީގެ ބަންޑާރަނައިބު އައިޝަތު ބިޝާމަށް ހޯމް މިނިސްޓަރުކަން ދެއްވުމަށް ނިންމަވައި ޖެންޑާ މިނިސްޓަރުކަން އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އާމާލު އަލީ އަށް ދެއްވުމަށް ސަރުކާރުން ނިންމަވައިފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު ކަމުގެ ހުވާ ބިޝާމް ކުރައްވާނެ ކަމަށެވެ. މިއަދު ރައީސް އޮފީހުގައި ބާއްވާ އެ ރަސްމިއްޔާތުގައި އާމާލް ވެސް މަގާމުގެ ހުވާކުރެއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ.
ބިޝާމް އެ މަގާމަށް ހަމަޖެއްސެވުމަށް ނިންމަވަފާއިވާ އިރު، ބަންޑާރަ ނައިބުގެ މަގާމުން ބިޝާމް ދުރުކުރީ ރައްޔިތުންގެ މަޖިލީހުން އޭނާއަށް ރުހުން ނުލިބުމުންނެވެ.
ހޯމް މިނިސްޓަރު ކަމުގެ މަގާމަށް ބިޝާމް އައްޔަން ކުރައްވަނީ އެ ވުޒާރާއަށް ދާއިމީ މިނިސްޓަރެއް ހަމަނުޖައްސަވާތާ މަހަކަށް ވުރެ ގިނަ ދުވަހަށް ފަހު އެވެ.
ޖެންޑާ މިނިސްޓަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު އާޒިމާ އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދެއްވުމާ ގުޅިގެންނެވެ.