އަމީނީ މަގުގައި މިއަދު މެންދުރު 18 އަހަރުގެ ޒުވާނެއްގެ ގަޔަށް ވަޅިހަރައި ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފި އެވެ.


ވަޅި ހަރާފައި ވަނީ ސ. ހުޅަދޫ ވިނޯލިޔާ މުހައްމަދު ރާއިދު 18ގެ ގަޔަށެވެ.


ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަމީނީ މަގުގައި ޒުވާނެއްގެ ގަޔަށް ވަޅި ހެރި ހާދިސާ ތަހުގީ ކުރަމުން އަންނަ ކަމަށެވެ.


އައިޖީއެމްއެޗުން ބުނީ ވަޅި ހެރުމުގެ ސަބަބުން ޒަހަމް ވެފައިވާ ޒުވާނާގެ ހަށިގަނޑު ސާފުކޮށް އަވަސް ފަރުވާ ދެމުން އަންނަ ކަމަށާއި އާއިލާއިން ހުއްދަ ނުދޭތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.


މިއަދު މެންދުރު ގާތްގަނޑަކަށް 2:00 ޖަހާ އެހާކަންހާއިރު ރާއިދު ގަޔަށް ވަޅި ހެރި މަންޒަރު ދުއް ބައެއް މީހުން ސަން އޮންލައިނަށް ކިޔައިދިން ގޮތުގައި އޭނާ ގަޔަށް ވަޅި ހަރާފައި ވަނީ އަމީނީ މަގު ފެން ބިލްޑިންގްގެ ދުވާރުމަތިން އޭނާ އަންނަނިކޮށް ފަހަތުން ދުވަފައި އައި ބަޔަކު ކަމަށެވެ.


އެތަނުގައި ހުރި ސަންގެ ނޫސްވެރިޔަކު ބުނީ ރާއިދަށް ހަމަލާ ދިނީ ޑައިވިން ވަޅިއަކުން ކަމަށާއި  ދުވާރު މަތިން އޭނާ އާއިރު ވެސް ވަޅި ހަރާފައި ހުރުމުން ލޭތައް ފައިބަމުން ދިޔަ ކަމަށެވެ.


އަދި ބުނީ  ފަހުން ވަޅި ހެރީ ރާއިދު ދުވާރު މައްޗަށް ވެއްޓުމުން ކަމަށާއި ވެއްޓިފައި އޮއްވާ ވެސް ތިން ފަހަރަށް ވަޅި ހެރި ކަމަށެވެ.