ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބާއްވާ އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ގުރުއަތުލުން މިއަދު ބާއްވައިފި އެވެ.

ކުރިކެޓް ބޯޑުން ބުނީ މިފަހަރުގެ އޯޕަން މުބާރާތުގައި ބައިވެރި ވެފައި ވަނީ 16 ޓީމް ކަމަށާއި މުބާރާތް ކުރިއަށް ގެން ދިއުމަށް ހަަމަޖެހިފައި ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. އަދި ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅަށް ނަތީޖާ ހޯދާ ޓީމެއް ސެމީފައިނަލަށް ދަތުރު ކުރާނެ ކަމަށް ކުރިކެޓު ބޯޑުން މައުލޫމާތު ދެއެވެ.

މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ރޯދަ މަހުގެ ދެވަނަދުވަހު އެވެ. ކޮންމެ ދުވަހަކު ކުޅެވޭނީ ދެމެޗެވެ. ކުޅުން ފެށޭނީ ހަވީރު 4:05ގަ އެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގަ އެވެ.