ހުޅުމާލޭ ކުރައިމް ޕުރިވެންސަން ސޮސައިޓީން އިންތިޒާމް ކޮށްގެން ހުޅުމާލޭގައި ބާއްވާ ފުރަތަމަ ނައިޓް މާކެޓަށް ރޭ  ގިނަ ބަޔަކު ޒިޔާރަތްކޮށްފި އެވެ.  


ހުޅުމާލޭ ކުރައިމް ޕުރިވެންސަން ކޮމެޓީން އަބްދުﷲ ނަސީރު ވިދާޅުވީ ރޭ ފެށި ނައިޓް މާކެޓް ގައި ހަތް ދިހަ ފަސް މޭޒު ހިމެނޭއިރު ހުރިހާ ވައްތަރެއްގެ މުދާ ވެސް ވިޔަފާރިވެރިން ހިމަނާފައިވާ ކަމަށާއި ވަރަށް ގިނަ އަދަދެއްގެ މީހުންގެ ތަރުހީބު ނައިޓް މާކެޓަށް ލިބުނު ކަމަށެވެ.


"ފުރަތަމަ ރޭ އާންމުންގެ ފަރާތުން ލިބުނު ތަރުހީބު ވަރަށް ވެސް ރަނގަޅު، ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކޮށް ވިޔަފާރިކުރި،" އޭނާ ވިދާޅުވި އެވެ.


ހުޅުމާލޭ ނައިޓް މާކެޓަށް ރޭ ގިނަ އަދަދެއްގެ މީހުން ޒިޔާރާތް ކުރި އިރު މާލޭ ވެސް މީހުން ބާޒާރު ކުރަން ހުޅުމާލެއަށް ދިޔަ އެވެ.


ހުޅުމާލޭ ނައިޓް މާކެޓް ރޭ  ފައްޓަވައިދެއްވީ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓުރީ ގްރޫޕުގެ ރައީސް މޫސާ މަނިކެވެ.


ހުޅުމާލޭ ނައިޓް މާކެޓް މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ކުރިޔަށްދާނެ އެވެ.


ރޭ ފެށި ނައިޓް މާކެޓަށް ލިބޭ ތަރުހީބަށް ބެލުމަށް ފަހު ކުރިއަށް އޮތް ތިން އަހަރުދުވަހު ވެސް  ހުޅުމާލޭގައި ނައިޓް މާކެޓް ބޭއްވުމަށް ވަނީ ހަމަޖައްސައިފި އެވެ.