07 Jul 2013, 09:56
ޔޫރަޕް އަދި ޖަރުމަންގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ކޯޗުކަމާއި އަލަށް ހަވާލުވި ކޯޗަށް ހަވާލުކުރެވިފައިވަނީ އުނދަގޫ މަސައްކަތެއް ކަމަށް އެކްލަބުގެ ޖަރުމަން ތަރި ބަސްޓިއަން ޝްވެއިންސްޓެއިގާ ބުނެފި އެވެ.
ބަޔާން އަށް މިދިޔަ ސީޒަން ވެގެންދިޔައީ ފަހުގެ ތާރީޚެއްގައި އެކްލަބަށް ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބު ލިބިގެންދިޔަ ސީޒަނަށެވެ. މިދިޔަ ސީޒަނުގައި ޔުޕް ހެއިންކެސް ވަނީ އެކްލަބަށް ޔޫއެފާ ޗެމްޕިއަންސް ލީގާއި، ޖަރުމަން ބުންޑަސްލީގާގެ އިތުރުން ޖަރުމަން ކަޕް ވެސް ކާމިޔާބު ކޮށްދީފަ އެވެ.
"ގާޑިއޯލާ އިތުރު ކަންތައްތަކެއް ރަނގަޅު ކުރާނެކަމަށް އަހަރެމެން އުންމީދުކުރަން. ނަމަވެސް އެ މަސައްކަތަކީ އުނދަގޫ ކަމެއްކަން އެނގޭ. އަހަރެމެން ކުޅުންތެރިން ވެސް ޖެހޭނެ ކޯޗިންގް ސްޓާފުން ރަނގަޅަށް ދަސްކުރަން. ގާޑިއޯލާ އަށް ފުޓްބޯޅާގައި ވަރަށް ގިނަ ކަންތައްތަކެއް އެނގޭނެ. އޭނާ ވަނީ ބާސެލޯނާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައި." ޝްވެއިންސްޓެއިގާ ބުންޏެވެ.
މިދިޔަ ސީޒަންގައި ބަޔާން އިން ހޯދި ކާމިޔާބީތައް އަލުން ތަކުރާރުކުރަން ބޭނުންވާ ކަމުގައި ޝްވެންސްޓެއިގާ ބުނެފައި ވެއެވެ.
"މިދިޔަ ސީޒަނަށްފަހު އަހަރެމެން މިތިބީ އިތުރު ކާމިޔާބީތަކެއް ހޯދުމަށް ކެތްމަދުވެފައި. މިދިޔަ ސީޒަނެކޭ އެއްވަރަށް އަންނަ ސީޒަނަކީ ވެސް އެހާ ކާމިޔާބު ސީޒަނަކަށް ހަދަން އަހަރެމެން ބޭނުން." ޝްވެއިސްޓެއިގާ ބުންޏެވެ.
މިމަހު 27 ވަނަ ދުވަހު ޖަރުމަން ސުޕަކަޕްގައި ބޮރޫސިއާ ޑޯޓްމުންޑާއި ދެކޮޅަށް ބަޔާން އިން ނުކުންނާނެ އެވެ. މިދިޔަ ސީޒަންގެ ސުޕަކަޕް ޗެމްޕިއަންކަން ހޯދީ ބަޔާން އިންނެވެ.