06 Jul 2013, 23:33
މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކް ޑިޕާޓްމަންޓާއި ޕޮލިސް ކްލަބް ގުޅިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ޔޫތު ޗެލެންޖްކަޕްގެ ފައިނަލްގައި ޔޫއެން ފްރެންޑްސް 5-1ން ބަލިކޮށް ބީޗް ބޯއީސް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒްގެ އިސް ނެންގެވުމާއެކު، ކުށްމަދު އަމާން ވެއްޓެއްގައި އުޅުމުގެ ފުރުސަތު ޒުވާނުންނަށް ތަނަވަސްކޮށްދީ، ޒުވާނުންގެ ހުސްވަގުތުތައް ހެޔޮގޮތުގައި ހޭދަކުރުމަށާއި ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައިދީ ކުޅިވަރުގައި ކުރިއަށް ދިޔުމަށް މަގުފަހި ކޮށްދިނުމުގެ މަގުސަދުގައި މިއަހަރު އަލަށް ފެށި މުބާރާތުގެ ފައިނަލް މެޗުގައި، ބީޗް ބޯއީސް ކާމިޔާބު ކުރީ، ފަސް ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ، އިބްރާހީމް އަގީލް އެވެ. އަދި އަނެއް ތިންލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ، ހުސައިން އަލީ، އަހްމަދު ނިޒާމް އަދި އަހްމަދު ހަލީމް، ކޮންމެ ކުޅުންތެރިއަކުވަނީ ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.
ޓްރެފިކް ޕޮލިސް ކުރިމަތިން އޮންނަ ދަނޑުގައި ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބީޗް ބޯއީސްއަށް 20،000ގެ ފައިސާގެ އިނާމާއި މެޑެލް ހަވާޅުކޮށްދެއްވީ،ކޮމިޝަނާ އެފް ޕޮލިސް ޢަބްދުﷲ ރިޔާޒްއެ އެވެ.
ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، ބީޗް ބޯއީސްގެ އަހްމަދުވިޝާލް އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވިޝާލްގެ އިތުރުން ހިމެނެނެނީ، އިސްމާއީލް ފާތިހް އާއި އެފްސީ ސްކޫލިއަންއެކްސްގެ އިސްމާއީލް ނަސީމްއާއި ޔޫއެން ފްރެންޑްސްގެ އަލީ ފަހްމީ އާއި ސްޕޯޓްސް ކްލަބު ރިވަލްސާގެ އިބްރާހިމް ރަޝީދު އެވެ. ޖުމުލަ 13 ލަނޑު ކާމިޔާގުކޮށްގެން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާ ހޯދީ، އެލްޓީ ސްޕޯޓްސްގެ ޙުސައިން ނޫރިސްއެވެ. އެންމެ މޮޅު ކޯޗަކަށް ޔޫއެން ފްރެންޑްސްގެ މުޙައްމަދު ޝާހީން ހޮވުނުއިރު އެންމެ ހިންގުންތެރި މެނޭޖަރަކަށް ހޮވިފައިވަނީ ބީޗް ބޯއީސްގެ މެނޭޖަރު އިސްމާއީލް ސަމާހް އެވެ.