06 Jul 2013, 14:40
އިންޑީއާގެ ޕޫނާގައި މިހާރު ކުރިޔަށްދާ 20 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 200 މީޓަރު ދުވުމުގައި ހީޓްގައި ވާދަކުރި ސާއިދު ސެމީފައިނަލަށް ކޮލިފައިވެއްޖެއެވެ.
މިއީ ރާއްޖޭގެ އެތުލީޓަކު އޭޝީއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިވެންޓަކުން ސެމީފައިނަލަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
200 މީޓާރު ދުވުމުގެ ހަތަރު ވަނަ ހީޓްގައި ވާދަކޮށް ސާއީދު ރޭސްފުރިހަމަ ކޮށްފައިވަނީ ގައުމީ ރިކޯޑަކާއެކު 21.49ސިކުންތުންނެވެ. އަދި މިހިޓުން ސާއިދު ވަނީ ތިން ވަނަ ހޯދާފައެވެ.
200 މީޓަރު ދުވުމުގެ ދެ ވަނަ ހީޓްގައި ވާދަކުރި އަޒްނީމް ރޭސް ފުރިހަމަކޮށްފައިވަނީ 22.30ސިކުންތުން ހަ ވަނަ އަށެވެ.
200 މީޓަރު ދުވުމުގެ ސެމީފައިނަލް ދުވާނީ ރާއްޖޭގަޑިން މިއަދު ހަވީރު 6.00ގައެވެ.