06 Nov 2010, 07:51
ކައްކަން އުޅެނިކޮށް ށ. ކޮމަންޑޫގައި އަންހެނަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
ށ. ކޮމަންޑޫގައި މިއަދު ހެނދުނު ކައްކަން އުޅެނިކޮށް ފިހިފައި ވަނީ އުމުރުން 40 އަހަރުގެ އަންހެނެކެވެ.
ކޮމަންޑޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ ހެނދުނު 6:30 ގައި ހިނގި އަލިފާނުގެ ހާދިސާގައި އަންހެންމީހާގެ ހަށިގަނޑުގެ 70 ޕަސެންޓް ފިހިފައިވާ ކަމަށާއި ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އަންހެން މީހާ މިހާރު މާލެ ގެންގޮސްފައިވާ ކަމަށެވެ. އެއީ ކޮން ނަމެއް ކިޔާ މީހެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ސިއްހީ މަރުކަޒުން ބުނީ އަންހެން މީހާ ގައިގައި ހުޅު ރޯވެ ފިހުނީ ހެނދުނު އެއްޗެއް ކެއްކުމަށްޓަކައި ގޭސް އުނދުން ރޯކުރަން އުޅެނިކޮށް އުނދުނުން ގޭސް ލީކުވެ މުޅި ގައިގައި ރޯވެގެން ކަމަށެވެ.
ފުލުހުން ގެންދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.