ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެގައުމަކުން އާސަންދާގެ ހިދުމަތްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވި އެވެ.

ލަންކާގެ ކޮލޮމްބޯގައި މިހާރު ކުރިއަށްދާ އޮލިމްޕިއަންސް ޝޮގެ ތެރޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ލަންކާގައި ދިރިއުޅޭ ރައްޔިތުންނަށް އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެހެން ގައުމުތަކުގައި ދިރިއުޅޭ ވިސާ އޮންނަ ކޮންމެ ދިވެއްސަކަށް ވެސް އެގައުމެއްގަ ހުންނަ އާސަންދަ ގަބޫލްކުރާ ހޮސްޕިޓަލަކުން ހިދުމަތް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ބޭރުގައުމުތަކުގައި އުޅޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތްދޭނެ ކަމަށް ރައީސް ވަހީދު ވިދާޅުވެފައިވާ އިރު މިހާރު ބޭރުގައުމުތަކުން އާސަންދަ ހިދުމަތް ދެނީ ރާއްޖޭގެ ހޮސްޕިޓަލަކުން ދެއްކުމުން ޑޮކްޓަރުގެ ސެޓްފިކެޓްދޭ ފަރާތްތަކަށެވެ.