06 Nov 2010, 06:43
ސަރުކާރު ބަންދު ދުވަހެއް ކަމަށްވާ މި މަހުގެ 14 ވަނަ ދުވަހު ދިވެހި ބޭންކްގެ ބާޒާރު ބުރާންޗް ހުޅުވައި ހިދުމަތް ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
އެ ބޭންކުން ބުނީ ނޮވެމްބަރު 11 ވަނަ ދުވަހާއި ބޮޑު އީދު ބަންދާ ގުޅިގެން، މި މަހުގެ 14 އިން ފެށިގެން 20 ވަނަ ދުވަހާ ހަމައަށް ބޭންކުގެ ހިދުމަތް ބަންދުކުރާ ގޮތަށް އޮތް ނަމަވެސް ހިދުމަތް ހޯދާ ކަސްޓަމަރުންނަށް މުއާމަލާތް ކުރުމުގައި ދައްޗެއް ކުރިމަތިވެދާނެތީ އާދީއްތަ ދުވަހު ހެނދުނުން ފެށިގެން ބާޒާރު ބުރާންޗްން ބޭންކުގެ ހިދުމަތްދޭނެ ކަމަށެވެ.