ނަމާދުގެ ވަގުތުތަކާއި ދީނުގައި ނަމާދު ކުރުމާ ބެހޭގޮތުން ހުރި ގިނަ މައުލޫމާތުތަކެއް ހިމަނައިގެން ޖަމިއްޔަތުއް ސަލަފުން އެންޑްރޮއިޑްއެޕްލިކޭޝަނެއްތައާރަފްކޮށްފި އެވެ.

ޖަމިއްޔަތުއް ސަލަފްގެ ފަރާތުން ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެންރޮއިޑްއެޕްލިކޭޝަންނެރެދެއްވީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމުގައިވާ އަލްއުސްތާޒް އާދަމް ނަސީމް (ބީއޭ ނަސީމް) އެވެ.

ދިވެހި ބަހާއި އަރަބި ބަސް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މިއެޕްލިކޭޝަންޑައުންލޯޑް ކުރުމަށް ގޫގްލްސް އެޕްލިކޭޝަން ސްޓޯރްގައި ދިވެހި ބަހުން ސަލަފް ޖެހުމުން ސަލަފްގެ ލޯގޯ ހިމެނޭ އެޕްލިކޭޝަން ފެންނާނެ އެވެ.

ސަލަފުން ބުނީ ކުރިއަށް އޮތް ތަނުގައި މި އެޕްލިކޭޝަން އިނގިރޭސި ބަހުން ވެސް ގެނެސްދޭނެ ކަމަށެވެ.

އެންޑްރޮއިޑް ފޯނުތަކަށް ހާއްސަކޮށްފައިވާ މި އެޕްލިކޭޝަން ބޭނުން ކުރަން ފެށުމުން ނަމާދު ގަޑި ފެށުމުގެ ފަސް މިނެޓް ކުރިން އެލާޓްކޮށްދިނުމާއި ނަމާދުގެ ވަގުތު ޖެހުމާ އެކު ބަންގީގެ އަޑު އިވިގެންދިއުމާއި އެހެން ރަށްރަށުގައި ނަމާދު ވަގުތު ޖެހޭ ގަޑިތައް ފެންނަންް ހުންނާނެ ކަމަށް ސަލަފުން ބުންޏެވެ. މި އެޕްލިކޭޝަންގައި ދީނީ އެތައް ސުވާލުތަކެއްގެ ޖަވާބު ވެސް ހިމަނާފައިވެ އެވެ.

ނަމާދާ ބެހޭ މި އެޕްލިކޭޝަނަކީ އޮސްޓްރޭލިޔާ އިން ސޮފްޓްވެއާ އިންޖިނިއަރިންގެ ރޮނގުން ޑިގްރީ ހާސިލުކޮށްފައިވާ ދިވެހި ޒުވާނަކު އުފައްދާފައިވާ އެޕްލިކޭޝަނެކެވެ.