04 Jul 2013, 13:47
މިއަހަރުގެ ރޯދަ މަހު ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަނުން މެންދަމު 3:00 ޖަހަންދެން ޚިދުމަތްދިނުމުގެ ހުއްދަ ދީފި އެވެ.
ސަން އަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވީ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ރޯދަމަހުގެ ތެރޭގައި މެންދަމު 3:00 ޖަހަންދެން ޚިދުމަތް ދިނުމުގެ ހުއްދަ ދީފައި ވަނީ ހާރުކެއުން ފަދަ ކަންކަމުގައި ރައްޔިތުނަށް ފަސޭހަ ގޮތެއް ހޯދައިދިނުމަށް ކަމަށެވެ.
މީގެ ކުރިން ރޯދަ މަހުގައި ހޮޓާ، ކެފޭ ފަދަ ތަންތަނުގައި ޚިދުމަތްދެވެނީ މެންދަމު 2:00 ޖަހަންދެނެވެ.
މިނިސްޓަރު އަހްމަދު މުހައްމަދު ވިދާޅުވީ ހޮޓާ، ކެފޭދަފަ ތަންތަނުން ދަންވަރު ހިދުމަތް ދިނުމުގެ ހުއްދަ ދިން ނަމަވެސް ރޭގަނޑު 11:00 ގެ ފަހުން ދިހާރަތަށް ހުޅުވުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.