ސަރުކާރުގެ ތައުލީމީ ސިޔާސަތާ ދެކޮޅު ހެދުމުގެ ގޮތުން ޢެޑިޔުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ދިރިއުޅުއްވާ ގޭ ދޮށަށް އެއްވެ ބަޔަކު މުޒާހަރާކޮށްފި އެވެ.


ޑރ. މުސްތަފާ އުޅުއްވާ ގެ މއ. ވިކްޓަރީ ހައުސް ކައިރިއަށް ރޭ އެއްވި މީހުން ވަނީ ތައުލީމީ ސިޔާސަތާ ދެކޮޅަށް އަޑު އުފުލާފަ އެވެ. އަދި އެ މީހުން ވަނީ އެޑިޔުކޭޝަން މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް ވެރިންގެ އިސްތިއުފާ އަށްވެސް ގޮވައިފަ އެވެ.  


ބޯޑުތައް ހިފައިގެން ސަރުކާރުގެ ތައުލީމީ ސިޔާސަތާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ މީހުން ވަނީ ދެ ޖިންސު އެއްކޮށް ކިޔަވައިދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.


އެޑިއުކޭޝަން މިނިސްޓަރު ދިރިއުޅުއްވާ ގޭ ސަރަހައްދު ދޫކޮށް އެމީހުން ދިޔައީ ރޭ 12 ޖަހާކަންހާ އިރު އެވެ. ނަމަވެސް މިރޭ ވެސް އެއްވާނެ ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.


 


----------


ސަރުކާރުގެ ތައުލީމީ ސިޔާސަތާ ދެކޮޅު ހެދުމުގެ ގޮތުން ޢެޑިޔުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ދިރިއުޅުއްވާ ގޭ ދޮށަށް އެއްވެ ބަޔަކު މުޒާހަރާ ކުރަން ފަށައިފި އެވެ.


މުސްތަފާ އުޅުއްވާ ގެ މއ. ވިކްޓަރީ ހައުސް ކައިރީގައި ހުރި ސަން އެފްއެމް އޮންލައިންގެ ނޫސްވެރިޔަކު ދެންމެ ބުނީ އެ ސަރަހައްދަށް 20 ވަރަކަށް މީހުން އެއްވެ، ތައުލީމީ ސިޔާސަތާ ދެކޮޅަށް އަޑު އުފުލަމުން އަންނަ ކަމަށާއި އެ މީހުން ގޮވަމުން ދަނީ އެޑިޔުކޭޝަން މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް ވެރިން އިސްތިއުފާ ދިނުމަށް ކަމަށެވެ. އަދި ދެ ޖިންސު އެއްކޮށް ކިޔަވައިދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ.