ލިނބޯގެ އަގު ޑަބަލްވެ، ކިލޯއެއްގެ އަގު 80ރ. އަށް އަރައިފި އެވެ.

ބާޒާރުގައި ލިނބޯ ވިއްކާ ގިނަ ފިހާރަތަކުގައި ލިނބޯ ކިލޯއެއް މިހާރު ވިއްކަނީ 80ރ. އަށެވެ. މީގެ ކުރިން ލިނބޯ ކިލޯއެއް އެންމެ އަގު ބޮޑުކޮށް ވެސް ވިއްކަމުން ދިޔައީ 40ރ. އާއި 50ރ. އާ ދޭތެރޭ އަގުތަކެއްގަ އެވެ. އަދި އާންމުގޮތެއްގައި ލިނބޯ ކިލޯއެއް ވިއްކަނީ 15ރ. އާއި 20ރ. ދޭތެރޭ އަގުތަކެއްގަ އެވެ.

ބާޒާރުގެ ފިހާރަތަކުން ބުނީ ލިނބޯގެ އަގު ބޮޑުވީ ލިނބޯ ލިބުން ދަތިވެފައިވާތީ ކަމަށެވެ. އެ ފިހާރަތަކުގައި ގިނައިން ތިބެނީ ބިދޭސީން ކަމުން ލިނބޯގެ ސްޓޮކް ދެން ލިބޭނީ ކޮން ދުވަހަކުން ކަމެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ލިނބޯގެ އަގު ބޮޑުވެފައިވާ އިރު ރޯދަ މަހާ ދިމާކޮށް ކެއިން ބުއިމަށް ބޭނުންވާ އިތުރު ބާވަތްތަކުގެ އަގު ވެސް ދަނީ ބޮޑުވަމުންނެވެ. އޭގެ ތެރޭގައި ރާއްޖެ އަށް އިމްޕޯޓްކުރާ މުދަލާއި ރާއްޖޭގައި އުފައްދާ މުދާ ވެސް ހިމެނެ އެވެ.