މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި، ދ. ވިލުރީފް ބީޗް އެންޑް ސްޕާ ރިސޯޓުގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މެދުގައި ކުޅުނު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފުޑް އެންޑް ބެވަރޭޖް ޓީމް ހޯދައިފި އެވެ.

ހުސްވި ޖޫން މަހުގެ 25 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން ފުޑް އެންޑް ބެވެރޭޖް ޓީމުން ހޯދީ ފައިނަލުގައި ލެގޫން އޮޕަރޭޝަން ޓީމާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 5-6 ލަނޑުންނެވެ.

ޖުމްލަ ފަސްޓީމް ވާދަކުރި އެމުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް އަދި ފެއާ ޕްލޭ ޓީމަށް ވަނީ ފައިސާގެ އިނާމާއި ތަށި ދީފައެވެ.

ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ލެގޫން އޮޕަރޭޝަންގެ އާދަމް އިނާޒް އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޗެމްޕިއަން ފްޑް އެންޑް ބެވެރެޖް ޓީމުގެ އިރުފާން ރަޝީދެވެ. މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފްރަންޓް އޮފީހުގެ ޝާހިދު މޫސާ އެވެ. މުބާރާތުގެ ފެއާ ޕްލޭޓީމަކަށް ހޮވުނީ ފްރަންޓް އޮފީހެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓް ލިބުނީ ފުޑް އެންޑް ބެވަރޭޖް ޓީމުގެ އިރުފާން ރަޝީދެވެ.

މުބާރާތުގެ ޑްރީމް ޓީމުގެ ޓްރޮފީ ލިބުނު ފަސްކުޅުންތެރިން ނަކީ، ފުޑް އެންޑް ބެވަރޭޖް ޓީމުގެ އިރުފާން ރަޝީދު، ލެގޫން އޮޕަރޭޝަންސްގެ އާދަމް އިނާޒް އާއި ހަމަ އެޓީމުގެ އަހުމަދު އިމްތިޔާޒް އާއި ފްރަންޓް އޮފީހުގެ މޫސާ ސަމާހު އަދި ޖެނެރަލް މެއިންޓަނަންސް ޑިޕާޓްމަންޓުގެ އަބްދުލް ހާދީ މުހައްމަދެވެ.