އެސްޓީއޯ އިން ވިއްކާ ޑީސަލްގެ އަގު ލިޓަރަކުން 30 ލާރި ބޮޑުކޮށްފި އެވެ.


ސަރުކާރާއި ރައްޔިތުން ބައިވެރިވާ ވިޔަފާރި ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އެ ކުންފުނިން ޑީސަލް ލީޓަރެއް ވިއްކާނީ 10.10 ރުފިޔާ އަށް ކަމަށެވެ.


މިއަދު ޑީސަލްގެ އަގު ބޮޑު ކުރުމުގެ ކުރިން ޑީސަލް ލީޓަރެއް ވިއްކީ 9.80 ރުފިޔާ އަށެވެ.


އެސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޑީސަލްގެ އަގު ބޮޑު ކުރީ އެންމެ ފަހުން ލިބުނު ޝިޕްމަންޓްގެ އަގު ބޮޑުވެފައިވާތީ ކަމަށެވެ.