އަށް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދަން މޯލްޑިވްސް ފައިނޭންސް ލީސިން ކޮންޕެނީ ލިމިޓެޑުގެ ފަރާތުން ކުޅިވަރާ ބެހޭ ވަޒީރު މ. ކޮތަންމާގެ މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި މ. ވިލާދަށުގެ މުހައްމަދު މަނިކުގެ މައްޗަށް ކުރި ދައުވާ ސިވިލް ކޯޓުން ބާތިލުކޮށްފި އެވެ.

ކޯޓުން މިދިޔަ ހޯމަ ދުވަހު ކޮށްފައިވާ ހުކުމެއްގައި ބުނެފައި ވަނީ ލީސިން ކޮމްޕެނީން އެެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ކޯޓުން ބޭރުން އެ ފައިސާ ދައްކާފައި ވާތީ މައްސަލަ ބާތިލުކޮށްފައިވާ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ ކުޅިވަރާ ބެހޭ ވަޒީރާއި މުހައްމަދު މަނިކު 896،428.40 ލީސިން ކުންފުންޏަށް ދައްކަން އޮތް ކަމަށެވެ. އެހެން ކަމުން އެ ފައިސާ އަނބުރާ ދެއްކުމުން އެ މައްސަލަ އިތުރަށް ބަލައި ކުރިއަށްގެންދާނެ ތަނެއް ނެތް ކަމަށެވެ.
ލީސިން ކޮމްޕެނީން އެ މައްސަލަ ކޯޓަށް ވެއްދީ މިދިޔަ މަހު 26 ގަ އެވެ.