ތިންވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގެ ފިރިހެން ޓީމް ޗެމްޕިއަންކަން އެމްއެންޑީއެފް އަދި އަންހެން ޓީމް ޗެމްޕިއަންކަން ބޭންކް އޮފް މޯލްޑިވްސް އިން ހޯދައިފި އެވެ.

ޓީމް އިވެންޓު ފައިނަލްގައި އެމްޕީއެލް އާއި ވާދަކޮށް އެމްއެންޑީއެފް އިން ފިރިހެން ޓީމް ޗެމްޕިއަންކަން ހޯދީ ދެ މެޗު އެއް މެޗުންނެވެ. މިއީ އޮފިސް މުބާރާތުގެ ތަށި އެމްއެންޑީއެފް އިން ވިދިވިދިގެން ކާމިޔަބު ކުރި ތިންވަނަ އަހަރެވެ.

ފިރިހެން ޓީމް ތިންވަނަ މަގާމު ހޯދީ އެމްބީސީ އިންނެވެ. އެއީ ތިންވަނަ ހޮވި މެޗުގައި އެސްޓީއޯގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ. އަންހެން ޗެމްޕިއަންކަން ބޭންކް އޮފް މޯލްޑިވްސް އިން ހޯދީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި ވާދަކޮށް ދެ މެޗު އެއް މެޗުންނެވެ. އަންހެން ޓީމް ތިންވަނަ މަގާމު ހޯދީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިންނެވެ.

އިއްޔެ ރޭ ނިމުނު މިމުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އެމްބީސީގެ އަބުދުﷲ ލަބީދެވެ. އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އައިމިނަތު ހަލީމް (ދިލް) އެވެ.

ފިރިހެން ސިންގަލްސް ދެވަނަ ބެންކް އޮފް މޯލްޑިވްސްގެ އަހުމަދު ޝަރީފް ހުސެއިން ހޯދިއިރު ތިންވަނަ މަގާމު ހޯދީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އަހުމަދު ނިޔާޒެވެ. އަންހެން ސިންގަލްސް ދެވަނަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ހަލީމަތު މައިމޫނާ ހޯދިއިރު ތިންވަނަ މަގާމު ހޯދީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފާތިމަތު މީނާޒެވެ.

އޯޕަން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އެމްބީސީގެ އިސްމާއިލް އަޒުމީން އެެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފް ގެ އިސްމާއިލް ސަލީމާއި އަހުމަދު ފާއިޒުގެ ޕެއާއެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ކަސްޓަމްސް ސާވިސް ގެ އައިމިނަތު ހަލީމް އަދި މަރިޔަމް ހުދުނާ ގެ ޕެއާ އެވެ.

މިމުބާރާތުގައި ޖުމްލަ ސަތޭކަ ތިރިސް ނުވަ ކުޅުންތެރިއަކާއި ނަވާރަ ޓީމެއް ސާދަ އޮފީހަކުން ބައިވެރިވެފައިވެ އެވެ.