02 Jul 2013, 19:20
ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން، އާޒިމާއާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ރައީސް ޑރ. ވަހީދު އެވެ.
އެ ރަސްމިއްޔާތުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ ކުރިމަތީގައި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ އާޒިމާ ވަނީ ކުރައްވާފަ އެވެ.