ރާއްޖެއަށް ގަވައިދާ ހިލާފަށް އެތެރެކުރަން އުޅުނު ކޮންޓެއިނަރެއްގެ މުދާ ކަސްޓްމަސް އިން ހިފަހައްޓައިފި އެވެ.

ކަސްޓްމަސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގަވައިދާ ހިލާފަށް އެތެރެކުރަން އުޅުނު ޝިޕްމަންޓް ހިފެހެއްޓީ ކަސްޓްމްސްގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ އެ ކޮންޓެއިނަރުގައި ޑިކްލެއާ ނުކޮށް ހުރި މުދާތަކެއް ބޭރުކުރަން އުޅުނު ކަމަށް. އެ ކަހަލަ އަދި ފާހަގަކުރެވިފައެއް ނުވޭ. ނަމަވެސް އެ މައްސަލަ އަދިވެސް ގެންދަނީ ތަހުގީގުކުރަމުން. އެ ކޮންޓެއިނަރުގައި އެކި ކަހަލަ މުދާ ހުރި،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނަށްފަހު އެ ކޮންޓެއިނަރު ހުރީ ހިފަހައްޓާފައި ކަމަށެވެ. އަދި އެ ކޮންޓެއިނަރުގައި ހުރި މުދާ ކްލިއާ ކުރަން އުޅުނީ އިއްޔެގެ ވަގުތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ކޮންޓެއިނަރުގައި ހުރީ ކޮން ބައެއްގެ މުދަލެއް ކަމެއް ކަސްޓްމްސް އިން ހާމައެއްނުކުރެ އެވެ.

އެ އޮފިޝަލް ވިދާޅުވީ އެ ޝިޕްމަންޓްގެ މައްސަލަ ތަހުގީގުކޮށް ނިމުމުން އޭގެ ތަފުސީލް ހާމަކުރާނެ ކަމަށެވެ.