02 Jul 2013, 14:12
އިންޓަނޭޝަނަލް ބެވަރޭޖަސް މޯލްޑިވްސް އިން އުފައްދާ "ލައިފް ފެނު"ގެ އަގު ވެސް ބޮޑުކޮށްފި އެވެ.
އެކުންފުނިން މިއަދު ބުނީ ފަހުން އަގަށް ގެނައި ބަދަލާ އެކު ޓެކްސްއާ އެކު ކުރިން 46ރ. އަށް ވިއްކި ފަސް ލީޓަރުގެ ފެންކޭހެއް މިހާރު ވިއްކަނީ 52ރ. އަށް ކަމަށެވެ. އަދި ކުރިން 47ރ. އަށް ވިއްކި 500 އެމްއެލް އާއި 1.5 ލީޓަރުގެ ފެން ކޭހެއް މިހާރު ވިއްކަނީ 53ރ. އަށް ކަމަށެވެ.
ލައިފު ފެނުގެ އަގު ބޮޑުކުރި ސަބަބެއް އަދި ވަނީ ސާފުވާ ގޮތެއް ނުވި އެވެ.
ލައިފް ފެނުގެ އަގު މިއަދު ބޮޑުކޮށްފައިވާ އިރު އިއްޔެ ވަނީ ތާޒާ ފެނުގެ އަގު ވެސް ބޮޑުކޮށްފަ އެވެ. ތާޒާ ފެނުގެ 1،500 އެމްއެލް އާއި 500 އެމްއެލްގެ ކޭހެއް ވިއްކަނީ، 62.54ރ އަށެވެ. އަދި 330 އެމްއެލްގެ ފެން ކޭހެއް 62.54ރ އަށް ވިއްކާ އިރު ފަސް ލީޓަރުގެ ފެން ކޭހެއް ވިއްކާނީ 61.84ރ އަށެވެ.