އައިޖީއެމްއެޗްގެ މުވައްފެއްގެ އަތްދަބަހަކުން 1،300 ޑޮލަރު ވަގަށް ނެގި ކަމަށް ތުހުުމަތު ކުރެވޭ މީހެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު އާއްމުކޮށްފައިވާ، އައިޖީއެމްއެޗްގެ ސީސީޓީވީ ފޫޓޭޖެއްގައިވާ ގޮތުން، ވައްކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން އަންނަ މީހަކު އައިޖީއެމްއެެޗްގެ ތެރޭގައި ހަރަކާތްތެރިވާތަން ފެނެ އެވެ. އެ ވީޑިއޯގައި އެމީހާ ފާހަގަކޮށް ބޮޅެއް އަޅައިފައިވީ ނަމަވެސް އެ ވީޑިއޯ އިން އެމީހާ ވައްކަން ކުރާ ތަނެއް ނުފެނެ އެވެ.

ވީޑިއޯ ފަށާއިރު އެމީހާ ހަރަކާތްތެރިވަމުން ގެންދާތަން ފެންނަނީ އައިޖީއެމްއެޗްގެ އެޑްމިން ބްލޮކް (އިދާރީ މުވައްޒަފުން)ގެ ބައިގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ވީޑިއޯ އިން ފެންނަ މީހާ ހޯދުމަށް އިޢުލާންކޮށްފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އައިޖީއެމްއެޗްގެ މުވައްޒަފެއްގެ އަތްދަބަހުން ޑޮލަރުތަކެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ވީޑިއޯ އިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންނާ ހިއްސާކުރުމަށް ވެސް ފުލުހުންގެ އިދާރާ އިން ވަނީ އެދިފަ އެވެ.

https://www.youtube.com/watch?v=dOjw2rZYiNM&feature=youtu.be