02 Jul 2013, 12:37
އެމްޓީސީސީން ރޯދަ މަހަށް ހާއްސަ ކޮށްގެން "ސުޒުކީ ރޯދަ ޕްރޮމޯޝަން 2013" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ބުނީ އިއްޔެ ފެށި ސުޒުކީ ރޯދަ ޕްރޮމޯޝަން އަކީ އެ ކުންފުނީގެ ކަށަވަރު ޝޯރޫމުން ވިއްކާ ސުޒުކީ އައުޓްބޯޑް އިންޖީނުގެ ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ. އަދި ރޯދަމަހަށް ހާއްސަކޮށްގެން ފެށި ޕްރޮމޯޝަންގައި 2.5 ހޯސް ޕަވަރާއި 175 ހޯސްޕަވަރާ ދެމެދު އިންޖީނުގެ ހާއްސަ އަގުތަކެއްގައި މިހާރު ވަނީ ވިއްކަން ފަށަފަ އެވެ.
ސުޒުކީ އައުޓްބޯޑް އިންޖީނަކީ ތެޔޮ ޚަރަދު ކުޑަ އަދި ގެންގުޅެން ފަސޭހަ ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ އިންޖީނެއް ކަމަށް އެމްޓީސީން ބުނެ އެވެ. އެމްޓީސީސީން ބުނީ އެ ޕްރޮމޯޝަންގައި 25 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ދޭނެ ކަމަށެވެ.
މިއީ އެމްޓީސީސީން އެފަދަ ޕްރޮމޯޝަނެއް ބާއްވާ ފުރަތަމަ ފަހަރު ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. އަދި އިއްޔެ ފެށި ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބި ވިޔަފާރި ވަރަށް ރަނގަޅު ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މިމަހުގެ އެކަކުން އޯގަސްޓް 31 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނާ ގުޅޭ ގޮތުން އެމްޓީސީސީން ބުނީ "ވަރަށް ގިނަ ފަރާތްތަކުން މައުލޫމާތު ހޯދުމަށް އުތުރު ބަނދަރުގައި ބަހައްޓާފައިވާ މި ޕޮރޮމޯޝަންގެ ޓެންޓަށާއި ކަށަވަރު ޝޯރޫމަށް ޒިޔާރަތް ކުރަމުންދާ،" ކަމަށެވެ.