02 Jul 2013, 11:28
މާފަންނު ގެއެއްގެ ދެވަނަ ބުރިން ވެއްޓުނު ޒުވާނަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މ. ވިލުފުށީ ގޭގެ ދެވަނަ ބުރިން ވެއްޓިފައިވަނީ އެގޭ މުހައްމަދު ޔައީޝް ޔޫސުފް 19، ކަމަށެވެ. އަދި އެހާދިސާ ހިނގާފައިވަނީ ރޭ 3:43 ހާއިރު ކަމަށާއި އައިޖީއެމްއެޗަށް އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޭނާ ވެއްޓެން ދިމާވީ ކީއްވެގެން ކަމެއް އަދި ސާފުނުވާ ކަމަށެވެ.
ފުލުހުން ބުނީ އެގޭގެ ދެވަނަ ފަންގިފިލާއިން ވެއްޓުމުގެ ސަބަބުން އޭނާގެ ބޮލުގެ ވާތްފަޅިން ފަޅައިގެންގޮސްފައިވާ ކަމަށާއި އަދި އޭނާ މަރުވެފައި ވަނީ ބޮލަށް ލިބުނު ޒަޚަމްތަކަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗުގެ ބަހެއް ލިބިފައެއްނުވެ އެވެ.