ރާއްޖޭގެ ކްރިމިނަލް ކޯޓުގެ ވެބްސައިޓް (www.criminalcourt.gov.mv) ހެކުކޮށްފި އެވެ.
ކޯޓުގެ ވެބްސައިޓް ހެކުކުރުމަށް ފަހު، ހެކުކުރި ފަރާތުން ވަނީ ވެބްސައިޓަށް ވަނުމުން ހެކުކުރި ފަރާތް ކަމަށް ބެލެވޭ މީހާގެ ފޮޓޯ ފެންނަ ގޮތަށް ހަދާފައިވެ އެވެ.

ވެބްސައިޓް ޑީފޭސްކުރުމަށް ފަހު ލިޔެފައި ވަނީ މިސައިޓް ހެކުކުރީ "އަލްޖީރިޔާ ހެކާ" ކަމަށެވެ.

އަދި ހެކުކޮށްފައިވާ ދެ މީހުންނަކީ ޔާސީން ޖޮކާ އަދި ޖަމީލް ޖޮކާ ކަމަށް ސައިޓުގައި ލިޔެފައިވެ އެވެ. އަދި މިކަން ކުރި މީހުގެ ސްކައިޕް އައިޑީ ކަމަށް ބުނެ އައިޑީއެއް ވެސް ވެބްސައިޓުގައި ހިމަނާފައިވެ އެވެ.

މީގެ ކުރިން ބޭރުގެ ގްރޫޕަކުން ވަނީ ރާއްޖޭގެ މެޓް އޮފީހުގެ ވެބްސައިޓް ވެސް ހެކުކޮށްފަ އެވެ.