01 Jul 2013, 23:15
ސްޕެޝަލް ކޮންސްޓެބިއުލަރީންގެ ހިދުމަތް ކ.ތިލަފުށީގައި ދިނުމަށްޓަކައި ފުލުހުންގެ އިދާރާ އާއި ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ތިލަފުށީގައި މިއަދު މެންދުރު ބޭއްވި މިރަސްމިއްޔާތުގައި ފުލުހުންގެ އިދާރާގެ ފަރާތުން އެ އެގްރީމެންޓުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އެވެ. އަދި ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިލްޙާމް އިދުރީސް އެވެ.
މި އެއްބަސްވުމަކީ ސްޕެޝަލް ކޮންސްޓެބުލަރީންގެ ހިދުމަތް ކ.ތިލަފުށީގައި ދިނުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކާއި ހަމަތަކާބެހޭ ގޮތުން ދެފާރާތުގެ މެދުގައި 1 އަހަރުދުވަހުގެ މުއްދަތަށް ވެވުނު އެއްބަސްވުމެކެވެ.
މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސް ވެރިންގެ އިތުރުން ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.