މޯލްޑިވްސް މީޑިއާ ކައުންސިލުގައި ރިކޯޑިންގް (މޮނިޓަރިންގް) ސިސްޓަމެއް ގާއިމުކޮށްފި އެވެ.

މީޑިއާ ކައުންސިލުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މިއީ މޯލްޑިވްސް މީޑިއާ ކައުންސިލަށް މީގެ ކުރިން ހުށަހެޅި ޝަކުވާތައް ބެލުމުގައި ކުރެވުނު ތަޖުރިބާގެ މައްޗަށްބަލައި ހެކީގެ ގޮތުގައި ބްރޯޑްކާސްޓްކުރާ ތަކެތީގެ ވީޑިއޯ ކްލިޕް އަދި އެ ނޫން ވެސް ހެކިތައް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލުހޯދުމުގެ ގޮތުން ފޭސްތަކަކަށް ބަހާލައިގެން މީޑިއާ މޮނިޓަރިންގް ސިސްޓަމްގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި ގާއިމުކުރި ސިސްޓަމެއް ކަމަށެވެ.

މިސިސްޓަމް ގާއިމުކޮށްފައި ވަނީ މައްސަލަތައް ބެލުމަށް އިތުރު ލުއިފަސޭހައެއް ހޯދުމަށް ކަމަށާއި އެ ސިސްޓަމް އިން މިހާރު ރާއްޖޭގައި ބްރޯޑްކާސްޓް ކުރަމުންދާ ހުރިހާ ޗެނަލްތަކުގެ ތިން މަސް ދުވަހުގެ ރިކޯޑްތައް ބެލެހެއްޓޭ ގޮތަށް 24 ގަޑިއިރު ރިކޯޑް ކުރަމުންދާނެ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުންޏެވެ.